Thursday, June 19, 2008

މަދީނާގައި ކުޑަ ކުއްޖަކު ވަގަށް ނަގައި، ގަދަކަމުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށްފަހު ބޯ ބުރިކޮށްލި ފަސް މީހެއްގެ

ތިރީގައި މިވަނީ ކުޑަ ކުއްޖަކު މަރާލުމުގެ ކުށުގައި 31 އޮކްޓޯބަރ 2007 ގައި މަދީނާގައި ޤިޞާޞް ހިފުނު (މަރަށް މަރުގެ އަދަބު ދެވުނު) ފަސް މީހެއްގެ ވާހަކައެވެ. މިވާހަކަ ލިޔެވިފައިމިވަނީ މަރާލެވުނު ކުޑަކުއްޖާގެ ބައްޕައާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް އޮޅުންފިލުވާފައި, އަދި ސުޢޫދީ ޢަރަބިއްޔާގެ ބައެއް ނޫސްތަކުންވެސް މިކަމާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު ނަގާފައިވާނެއެވެ.

Sunday, June 15, 2008

ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރެވެނީ؟

އަހަރެންނަށް ޔަގީން އޭނާއަށް ނަމާދުގައި ކިޔާތަކެތި ނޭނގޭނެކަން. ކުޑަމިނުން ހިނައިގަންނަން ނޭނގޭނެ. ގުރުއާން ބަލައިގެން
ކިޔަވަން ނޭނގޭނެ.“ މިއަހަރު އަމީނިއްޔާ ނިންމި ދަރިވަރަކަށް ނިސްބަތްކޮށް އަމީނިއްޔާ ޓީޗަރަކު ބުންޏެވެ. މިއީ ހައިރާންވާވީ ކަމެއް ނޫނެވެ. މިފަދަ އެތައް ކުދިންނެއް މުޖްތަމައުގައި އެބައުޅެވެ. ދީނީކަންކަން ރޯނުފިލާ, ކޮންމެހެން އެނގެންޖެހޭ ކަންކަން ނޭނގޭ އެތައް ކުދިންނެއް އެބަ ތިއްބެވެ. އެނގޭ ކަމަކީ އަދުގެ ކިޔަވާކުދިން ދީނީ ކަންކަމަށް ދޭ ސަމާލުކަން ކުޑަކަމެވެ. ދީނީ ކަންކަން އޮޅުންފިލުވުމަށް އެހާ ބޮޑު އަހަންމިއްޔަތުކަމެއް ނުދޭ ކަމެވެ. އަދި ދީނީ ކަންކަން އޮޅުން ފިލާފައި ހުރިވަރު ކުޑަ ކަމެވެ.

Saturday, June 14, 2008

ޝެއިޚު އާދަމް ޝަމީމުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މަތީމަޖިލީހުން ހިފަހައްޓައިފި

http://jazeera.com.mv/posts/view/12612


ޝެއިޚު އާދަމް ޝަމީމު ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީމަޖިލީހުން ހިފައިހައްޓައިފި އެވެ
ޝެއިޚު ޝަމީމު ވިދާޅުވީ މަތީ މަޖިލީހުން ހުއްދަ ހިފެއްޓީ މި އަހަރުގެ މާޗު މަހު ކަމަށެވެ.
‘ހުއްދަ ހިފެހެއްޓީ ކީއްވެ ކަމެއް ނޭނގޭ. އަޅުގަނޑުގެ މައްސަލައަކީ ކޮބައިކަމެއްނޭގެ. އެއްވެސް އިންޒާރެއްވެސް ނުދީ ކުއްލިއަކަށް ހުއްދަ ހިފެހެއްޓުން އެއީ މަތީ މަޖިލީހުން އަޅުގަނޑަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ދެކެނީ“ ޝެއިޚު ޝަމީމު ވިދާޅުވިއެވެ
.... އިތުރަށް ވިދާޅުވޭ
.
.
ޝެއިޚު އާދަމް ޝަމީމު ގެ ވީޑިއޯ

Friday, June 13, 2008

ލުއި ފަސޭހަކަމާއި ކަންފަސޭހަކަން

ދީނުގެ ވާހަކަ ދައްކާއިރު މިއަދު އެއްމެ ގިނައިން އިވެމުންދާ އަޑަކީ "އިސްލާމް ދީނަކީ ލުއިފަސޭހަކަމުގެ ދީނެވެ." މިހެން ކިޔާ އަޑެވެ. ނަމަވެސް ސުވާލަކީ އިސްލާމް ދީނަކީ ލުއިފާސޭހަކަމުގެ ދީނޭ ގޮވާ މީހުންގެ ތެރެއިން ގިނަ މީހުން ލުއި ފަސޭހަކަން މާނަ ކުރަނީ ހަމަ ޙަޤީޤަތުގައިވެސް މާތް ﷲ އިސްލާމްދީނުގައި ލައްވާފައިވާ ލުއިފަސޭހަކަމުގެ މާނައިގައިބާވައެވެ؟ ނޫނީ މިހެން ގޮވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހިތްތަކުގައި ފޮރުވިފައިވާ އެހެން މާނައެއް އޮވޭބާވައެވެ؟ އާދެ ! ދީނީކަންކަމާމެދު ފަރުވާ ކުޑަކޮށް ތިމާ ހިތުހުރިހާ ގޮތަކަށް އުޅެފައި އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނޭ ބުނާނަމަ މީގެ މާނައަކީ އެމީހަކު ލުއިފަސޭހަކަން މާނަ އެކުރަނީ ކަންފަސޭކަމުގެ މާނައިގައެވެ. މަސައްކަތް ނިމި ތިމާ ފެންވަރައިގެން ކަމެއްނެތި ހުންނަ ފަހަރެއްގައި ނަމާދަށް ގޮސް ، ނުވަތަ މިސްކިތަށް ދަނީ އައު ގަމީސް ދައްކަން ހަފްތާއަކު އެއްފަހަރު ހަމައެކަނި ހުކުރަށް ކަމުގައިވާނަމަ އެއީ ލުއި ފަސޭހަކަމެއް ނޫނެވެ. އެއީ ކަންފަސޭހަކަމެވެ. ވީމާ ލުއި ފަސޭހަކަމުގެ މާނައަކީ ކޮބައިތޯ ބަލާލަން އެބަ ޖެހެއެވެ. އިސްލާމް ދީނަކީ ލުއި ފަސޭކަމުގެ ދީނޭ ބުނާ ބަހުގެ މާނައަކީ ދީނުގެ ވާޖިބުތައް އަދާކުރުމުގައި ދެއްވާފައިވާ ލުއިފަސޭހަ ކަމުގެ ވާހަކައެވެ. މިސާލަކަށް ނަމާދުގައި ކޮޅަށް ހުރުމަކީ ކުޅަދާނަކަން ލިބިގެންވާ މީހަކަށް ނަމާދުގެ ރުކުނެކެވެ. ކޮޅަށް ނުހުރެވޭނަމަ އިށީނުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. ވުޟޫކުރުމަށް ފެން ނުލިބުނު ނަމަ ނުވަތަ އެހެންވެސް ސަބަބަކާހުރެ ފެން ބޭނުން ކުރުމަށް ނުކުޅެދޭނަމަ ތަޔައްމަމު ކުރުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. ދަތުރެއްގެ މަތީގައިވާ މީހާ ނުވަތަ ބަލިމީހާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަށް ފަހު އެހެން ދުވަސްތަކުން ހިފައި އެ ރޯދަ ހަމަކުރެވޭ ގޮތަށް އޮތުމުގެ ލުއި ފަސޭހަކަމެވެ. ރޯދަ ނުހިފޭވަރުގެ މުސްކުޅިން ރޯދަ ނުހިފައި ދޫކޮށްލި ކޮންމެ ރޯދައަކަށް މިސްކީނަކަށް މުއްދެއްގެ މިންވަރު ކާންދިނުމުން ފުދޭ ގޮތަށް އޮތުމުގެ ލުއިފަސޭހަކަމެވެ. އަންހެނާގެ ޙައިޟުގެ ދުވަސްވަރު ފާއިތުވާ ނަމާދު ޤަޟާކުރަން ނުޖެހުމުގެ ލުއި ފަސޭހަކަމެވެ. ދަތުރުމަތީގައިވާ މީހާއަށް ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުން ހުއްދަވުމުގެ ލުއިފަސޭހަކަމެވެ. އަދި ދަތުރެއްގެ މަތީގައި ނޫނަސް ހާލުދެރަ ބަލިމީހުންފަދަ ޝަރުޢީ ޢުޛުރުވެރިންނަށް ރަށުގައިވެސް ނަމާދު ޖަމްޢުކުރުން ހުއްދަވުމުގެ ލުއި ފަސޭހަކަމެވެ. މިހެން ގޮސް އިސްލާމް ދީނުގައިވާ ލުއިފަސޭހަކަމުގެ މިސާލުތައް ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. އެހެނީ މުޅި އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ލުއިފަސޭހަކަމުގެ މައްޗަށެވެ. އެއީ ޝަރީޢަތުގެ މަތިވެރި ޞިފައެކެވެ. މިގޮތުން އިސްލާމްދީނުގައި މާތް ﷲ އަންގަވާ ޝަރްޢު ކުރައްވާފައިވާ ކޮންމެކަމަކީ އިންސާނުންނަށް އެކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަންތައްތަކެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. " އެއްވެސް ނަފްސަކަށް އެނަފްސަކަށް އުފުލޭވަރުކަމެއް މެނުވީ މާތް ﷲ ނުޖައްސަވައެވެ." (البقرة: 286) އިސްލާމް ދީނުގައި ދެއްވާފައިވާ ލުއިފަސޭހަކަމުގެ މިސާލުތަކަށް ބަލާލުމުން ހާމަވެގެން ދަނީ ކަމެއް އުނދަގޫވެގެން އެނޫން އެހެން ގޮތަކަށް ކަމެއް ކުރާނަމަ އެގޮތަކީވެސް އެއީ މާތް ﷲ އަންގަވާ ޝަރުޢު ކުރައްވާފައިވާ ގޮތެއްކަމުގައި ވާންޖެހޭނެކަމެވެ. ފަހަރެއްގައިވެސް ތިމާ ހިތަށް އެރިހާގޮތަކަށް ކަމެއް ކުރުން ނުފުދޭނެކަމެވެ. މިސާލަކަށް ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމް ދީނުގެ ރުކުނެކެވެ. ނަމަވެސް ދަތުރެއްގެ މަތީގައިވާ މީހާ ރޯދަ ދޫކޮށްލުމަށް ފަހު ތިމަންނަ އަށް ފަސޭހައީ ރޯދަ ޤަޟާކުރުމުގެ ބަދަލުގައި ދޫކޮށްލި ކޮންމެ ރޯދައަކަށް މީސްކީނަކަށް ކާންދިނުމޭ ކިޔާފައި އެކަން ކުރުމަކުން ނުފުދޭނެއެވެ. އެގޮތަށް ވިސްނާނަމަ އެއީ ލުއި ފަސޭހަ ކަމެއް ނޫނެވެ. އަދިކިއެއްތަ އެއީ ކަންފަސޭހަކަމެވެ. އެންމެހާ އަޚުންނާއި އުޚުތުންނޭވޭ! ލުއިފަސޭހަކަމުގެ ނަމުގައި ކަންފަސޭހަ ބަޔަކަށް ތިޔަބައިމީހުން ވެ ނުވާށެވެ! ދީނުގެ ކަންކަމުގައި ހީވާގި ކެރޭ މުރާލި ބަޔަކަށްވާށެވެ! އަދި ދީނަކީ ތިމާގެ މުޅި ޙަޔާތްކަމުގައި ހައްދާށެވެ! އިސްލާމް ދީނަށް އެއްކޮށް ވަންނާށެވެ! އެއްބައި ކަންކަމުގައި ދީނަށް ޢަމަލުކޮށްފައި އަނެއްބައިކަންކަމުގައި ތިމާ ހިތުހުރިހާ ގޮތަކަށަ ކަންތައް ކުރާބަޔަކަށް ނުވާށެވެ!

Friday, April 4, 2008

އިސްލާމްކަމަކީ ކޮބައިކަން ފަހެ އެނގޭ ހެއްޔެވެ؟

http://www.dheenee-news.com/Dheenee-Liyun/DL-028.htm


إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا, من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله و أن محمد الرسول الله, وصلّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.
أما بعد:
"يَا أَيُهَا الذِّيْنَ آمَنَُوا اُدْخُلُواْ فِي السِّلْمِ كَافَّةً وَلاَ تَتَّبِعُواْ خُطُوَاتِ الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِيْنَ" (سورة البقرة: 208)

އޭ އީމާންވެއްޖެ މީސްތަކުންނޭވެ، ތިޔަބައިމީހުން އިސްލާމްދީނަށް ފުރިހަމައަށް ވަންނާށެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢު ނުވާހުށިކަމެވެ. ހަމަކަށަވަރުން އެޝައިޠާނާއަކީ ތިޔަބައިމީހުންގެ މައްޗަށް ކަނޑައެޅި ފާޅުވެގެންވާ ޢަދުއްވެކެވެ
(ސޫރަތުލް ބަޤަރާ: 208)
"قُلْ إِنْ كُنْتُمْ تُحِبُّونَ اللهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْلَكُمْ ذُنُوبَكُمْ" (سورة آل عمران: 31)
"(އޭ محمّد صلى الله عليه وسلّمއެވެ،) ކަލޭގެފާނު ވިދާޅުވާށެވެ، ތިޔަބައިމީހުން الله سبحانه وتعالى އަށް (ޙަޤީގަތުގައިވެސް) ލޯބިވާނަމަ ތިމަން ކަލޭގެފާނަށް ތަބަޢުވާށެވެ. އޭރުން الله سبحانه وتعالى ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި އޭރުން އެއިލާހު ތިޔަބައިމީހުންގެ ފާފަތަކަށް، ފާފަ ފުއްސަވާ ދެއްވާ ހުއްޓެވެ." (ސޫރަތު އާލަ-ޢިމްރާން: 31)
الله سبحانه وتعالى މިކައުނުގައިވާ ހުރިހާ އެއްޗެއް ހައްދަވައި މިދުނިޔޭގައި އަޅުގަނޑުމެން އިންސާނުން ލައްވާފައިމިވަނީ ފަހެ ކީއްވެތޯއެވެ؟ މިއީ އަޅުގަނޑުމެން މިހާރު ވަރަށް ފުންކޮށް ވިސްނަން ވެއްޖެ ކަމެކެވެ. މީގެ ޖަވާބު الله سبحانه وتعالى ކީރިތި قران ގައި ވަރަށް ޞަރީހަކޮށް ބަޔާން ކުރައްވާ އަންގަވާފައި އެބަވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިވަނީ الله سبحانه وتعالىގެ މިބަސްފުޅާއި މެދު ޣާފިލް ވެވިފައެވެ. އޭގައި އެބުނާާ އެއްޗަކާއި މެދު ވިސްނަންވެސް ބޭނުން ނުވެފައިމެ ކަހަލައެވެ.
الله سبحانه وتعالى ވަޙީ ކުރައްވަނީ:
"وَماَ خَلَقْتُ الجِنَّ وَالإِنْسَ إِلاَّ لِيَعْبُدُونِ" (سورة الذاريات: 56)"އަދި ތިމަން الله، ޖިންނީންނާއި އިންސީން (އިންސާނުން) ތިމަން الله އަށް އަޅުކަން ކުރުމަށް މެނުވީ ނުއުފައްދަމެވެ. " (ސޫރަތުއް ޛާރިޔާތު: 56)
ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓް مسلم ޤައުމެކޭ ބުނުމަކީ ވަރަށްވެސް ހިތްދަތި ކަމެކެވެ. އެހެނީީ ސަތޭކަ ޕަސެންޓް މުސްލިމުން އުޅޭ مسلم ޤައުމަކުން ފެނިގެން ނުވާނޭ އެތައް عمل ތަކެއް އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖްތަމަޢުގެ ތެރެއިންވެސް ދަނީ ފެންނަމުންނެވެ. ޙަޤީޤަތުގައި މީގެތެރެއިން ގިނަ ކަންތައްތަކަކީ ޚުދް އަޅުގަނޑުމެންގެ ކިބައިން ފެންނަމުންދާ ޢަމަލުތަކެކެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި، الله سبحانه وتعالىގެ މަތިވެރި ކަލާމްފުޅާއި މިއުއްމަތުގެ މާތް ނަބިއްޔާ محمّد صلى الله عليه وسلّمގެ ސުންނަތާއި ޚިލާފް އެތައް ކަމެއް ދަނީ ކުރެވެމުންނެވެ. އަދި قران އާއި ސުންނަތް ނެތިކޮށް ފަނާކޮށްލުމަށްޓަކައި އިސްލާމްދީނުގެ ނަމުގައި އިސްލާމްދީން ފޮހެލައި އެހެން ދީނެއް ފެތުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ދަނީ ކުރެވެމުންވެސް މެއެވެ.
ހަޤީގަތުގައި ގިނަ ދިވެހީންނަކީ އިސްލާމްދީނަށް ލޯބިކުރާ އިސްލާމްދީނުގެ ކަންތައްތައް ހޯދާ ބަލަން ބޭނުންވެފައި ތިބި ބަޔެކެވެ. ނަމަވެސް ގިނަ ދުވަސް ތަކަކަށް މިކަންތައްތައް ހޯދާ ބެލުމުގެ މަގު ބަންދުވެފައި ވުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހި ރައްޔިތުން މިވަނީ ޖާހިލުކަމެއް (ނޭނގުމެއް)ގެ ތެރޭގައެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޙަޤީގަތަކީ މިއީކަމުގައި ވާއިރު، އަޅުގަނޑުމެން މިވަނީ ޖާހިލުކަމުގެ ނިދިން ނިދާފައެވެ. މިހެން ދެންނެވުމުން ފަހަރެއްގައި އަޅުގަނޑުމެން މިކަމަކީ މާބޮޑުކަމެއް ކަމުގައި ނުދެކި ހިނގައިދާނެއެވެ. އެހެންކަމުން އަޅުގަނޑު ތިޔަ އެންމެހައި އަޚުންނާއި އުޚްްތުންނަށް ނަޞޭޙަތްތެރި މިވަނީ ތިރީގައި މިދަންނަވާ ކަންތައްތަކާއި މެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުމަށެވެ. އެއީ ހަމަ ހަޤީގަތުގައިވެސް އަޅުގަނޑުމެން الله سبحانه وتعالى އަށް އީމާންވެ މުސްލިމުންނޭ ކިޔާއިރު، މުސްލިމަކަށް ވުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އަޅުގަނޑުމެންގެ ކިބައިގާ ފުރިހަމަ ވެފައި ވޭތޯ އެންމެ ފަހަރަކަށް ނަމަވެސް ބަލާލުމަށެވެ.
އިސްލާމްދީނޭ ބުނެ ކޮންމެ މީހަކުވެސް ދަޢުވާ ކުރާއިރު އިސްލާމްކަމަކީ ކޮބައިކަން އެނގެނީ ކިތައް ބޭފުޅުންނަށް ބާއެވެ؟ އީމާން ކަމަކީ ކޮބައިކަން އެނގެނީ ކިތައް ބޭފުޅުންނަށް ބާއެވެ؟ އަދި ހަމައެހެންމެ إحسان ކަމަކީ ކޮބައިކަން އެނގެނީވެެސް، ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ! ޙަޤީޤަތް ހޯދަން ބޭނުންފުޅުނަމަ އެންމެ ފުރަތަމަ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ.
ދީނުގެ ފުރަތަމަ ރުކުން ކަމުގައިވާ ޝަހާދަތުގެ ދެކަލިމަ އެއްވެސް އޮޅުމެއްނެތި ޔަޤީންކަމާއިއެކު ދުލުން ކިޔާލަން އެނގެނީ ކިތައް ބޭފުޅުންނަށް ބާވައެވެ؟ އަދި ދެން އޭގެ މާނަ ކޮބައިތޯއެވެ؟ ހިތުގައިވަނީ ޝައްކު އުފެދިފައި ދެއްތޯއެވެ؟ އިންސާނާ الله سبحانه وتعالى އަށް އީމާންވެ މުސްލިމަކަށް ވުމަށްޓަކައި ދީނުގެ ދޮރުން ވަނުމަށްޓަކައި ބޭނުންވާ ތަޅުދަނޑިއަކީ މިއީ ކަމުގައި ވާއިރު، ޝަހާދަތުގެ މިދެކަލިމައާއި މެދު އަޅުގަނޑުމެންގެ ޙާލަކީ މިއީއެވެ.
ދެން ދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދަށް ބަލާލަމާތޯއެވެ. ފަހެ ނަމާދަކީ އެއަޅުކަމަކާއި ނުލާ އެހެން އެއްވެސް އަޅުކަމެއް ޤަބޫލުނުކުރެވޭ އަޅުކަމެކެވެ. އަދި ހަމަ އެހެންމެ މުސްލިމް އަޅާއާއި ކާފިރުކަމާއި އަދި ޝިރްކާއި ދެމެދުގައިވާ ހުރަހަކީވެސް ނަމާދެވެ. ނަމާދަކީ ތަކްބީރް (الله އަކްބަރް) އަކުން ފެށޭ އަދި ތަސްލީމް (ސަލާމް) އަކުން ނިމޭ އެއްޗެކެވެ. އެހެންނަމަވެސް ފުރިހަމައަށް ނަމާދުގައި ކިޔަންޖެހޭ ހުރިހައި ދުޢާތަކާއި އެކުގައި ނަމާދު ފުރިހަމައަށް ކުރަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށްބާވައެވެ؟ ފަހެ ނަމާދުގެ ރުކުން ތަކަކީ ކޮބައި ހެއްޔެވެ؟ އަދި އޭގެ ތެރެއިން ވާޖިބު ކަންތައްތަކާއި ސުންނަތް ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ ހަށަމް ބަނުމަށްފަހު ކިޔާ ދުޢާ، ރުކޫއިން ތެދުވެ ކިޔާ ދުޢާ، ދެ ސަޖިދަ ދެމެދުގައި ކިޔާ ދުޢާ އަދި އައްތަޙިއްޔާތުގައި ކިޔާ ދުޢާ އެނގިލައްވާތޯއެވެ؟؟؟
ޙަޤީގަތުގައި އަޅުގަނޑުމެން އެންމެންވެސް ފުރިހަމައަށް ނަމާދު ކުރާނެ ގޮތް ދަސްކުރަން ބޭނުންވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ލަދުވެތިކަމާއި އަދި ދީނީ ކަންތައްތައް އޮޅުންފިލުވުމަށް އޮތްމަގު ހަނިވުމުގެ ސަބަބުން އެކަންކަން އެނގިފައި އަދި އެނގެން ނެތީއެވެ. ކުޑައިރު، ނަމާދުގައި ކިޔާ ތަކެތި ދަސްކުރަނީ މަންމަމެން އަމުރުކޮށްގެން ނުވަތަ ސްކޫލުން ބާރު އަޅައިގެންނެވެ. ނަމާދު ކުރުމުން ލިބޭ ޘަވާބާއި އަދި ނުކުރުމުން ލިބޭ ޢަޛާބާއި ބިރުވެރިކަން އެނގިފައި ނެތުމުގެ ސަބަބުން ނަމާދުގައި ކިޔުމަށް ދަސްކުރި އެއްކަލަ ދުޢާތައް ވަނީ ހަނދާން ނެތިގޮސްފައި ދެއްތޯއެވެ!!!
އަދި މިއީ އަޅުކަންތައްތަކުގެ ތެރެއިން މަދު މިންވަރެކެވެ. ދެން އިސްލާމް ކަމުގެ ފަސް ރުކުނުގެ ތެރެއިން ބާކީ ތިން ރުކުން ކަމުގައިވާ ޒަކާތް ދިނުމާއި ރޯދަ ހިފުމާއި އަދި ޙައްޖުގެ އަޅުކަމާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގެނީ ކިހާވަރަކަށް ބާވައެވެ؟
الله سبحانه وتعالى ކީރިތި قران ގައި ކަނޑައެޅިގެން އަންގަވާފައިވާ ގޮތުގައި الله سبحانه وتعالى އަށް ޝިރްކު ކުރާ އެއްވެސް އަޅެއްގެ ފާފަ ނުފުއްސަވައެވެ. މިގޮތުން ވަޙީ ކުރައްވަނީ:
"إِنَّ اللهَ لاَ يَغْفِرُ عَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ" (سورة النساء: 48)
"ހަމަކަށަވަރުން الله سبحانه وتعالى، އެކަނލާގެއަށް ޝިރްކު ކުރާ އެއްވެސް އަޅެއްގެ ފާފަ ނުފުއްސަވާ ހުއްޓެވެ. އަދި އެނޫން އެހެން ހުރިހާ ފާފަތަކަށް، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާ ހުއްޓެވެ." (ސޫރަތުއް-ނިސާ: 48)
މިހެންކަމުގައިވާއިރު ޝިރުކަކީ ކޮބައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ؟ މިއީ ޙައްތަހާވެސް އޮޅުންފިލުވަން ބޭނުންވެފައި ހުރި ސުވާލުތަކެކެވެ. އަދި މިއީ ދީނުގެ ތެރެއިން ވަރަށްވެސް ކުޑަ މިންވަރެކެވެ.
ފަހެ މިހުރިހާ ކަންތައްތަކަކީވެސް ހަމަ އަޅުގަނޑުމެން އެންމެންވެސް އެނގެން ބޭނުންވާ ކަންތައްތަކެވެ. ނަމަވެސް ކުރީގައި ދެންނެވިހެން ލަދުވެތި ކަމާއި އަދި ދީނީ ކަންތައްތައް އޮޅުންފިލުވުމަށް އޮތްމަގު ހަނިވުމުގެ ސަބަބުން އެކަންކަން އެނގެންވާ ވަރަށް އަދި އެނގިފައި ނެތީއެވެ. މިކަންތައްތައް ނޭނގޭނަމަ، ބައެއްގެ ތެރޭގައި މިކަމާއިމެދު ވާހަކަ ދެކެވެމުން ދާއިރު އަމިއްލަ ނަފްސާއި މެދުވެސް މަލާމާތް ހީވޭ ދެއްތޯއެވެ.
އެހެންކަމުން އާޚިރަތުގެ ޙަޔާތް ބާއްޖަވެރިވާން އެދޭ މީހަކުނަމަ، މިދުނިޔޭގައި ވަޤުތު އޮއްވާ އަވަހަށްވީ މިކަންކަން އުނގެނި ދަސްކުރާށެވެ. ކުރިއާ އަޅާ ބަލާއިރު މިހާރު ދީނުގެ ކަންކަން އެނގިދެނިވުމުގެ މަގު މިވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައެވެ. ވީމާ ކުރީގައި ދެއްކިކަހަލަ ޢުޛުރެއް މިހާރަކު ދެއްކޭކަށެއް ނޯންނާނެއެވެ. ހޭބޯ ނާރާ މަސައްކަތް ކުރަންވީ އާޚިރަތުގައި ދާން އޮތް ގޯތި ޚަރާބު ކޮށްފައި ދުނިޔަވީ ދިރިއުޅުން ފާގަތި ކުރާކަށް ނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބިގަތުމަށެވެ. މަރުއައިސް ޖެހޭނެ އިރެއް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކަށްވެސް ނޭނގެއެވެ. ކުރަންވީ ހެޔޮ ޢަމަލުތައް ނުކޮށް ހުއްޓާ މަރު އައިސް ކުރިމަތިލައިފިނަމަ، ހެޔޮޢަމަލު ކުރުމަށް އަލުން ދުނިޔެއަށް ފޮނުއްވާ ދޭށޭ ބުނާ ބައެއް ކަމުގައި ނުވެ މިހާރުއްސުރެ އަވަހަށް ދީނީ ކަންކަމަށް ސަމާލުކަންދީ އެކަންކަން އުނގެނި ހަދާށެވެ.
وصلى الله وسلّم على نبينا محمد وعلى آله وصحبه وسلّم.
- ނިމުނީ -

Thursday, April 3, 2008

music

http://www.jamiyyathusalaf.com/


ހަގީގީ ހައްދު ފަހަނަ އަޅާ ދިއުމަކީ ކޮބައި ހެއްޔެވެ.

އަބޫ ސުމައްޔާ
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސާނީ ދިރިއުޅުމުގެ ހުރިހާކަމެއްގެވެސް ޙައްދުތައް ކަނޑައަޅައި، އެޙައްދުތަކުން ބޭރުވާ މީހަކީ ޙައްދު ފަހަނާޅާފައިވާ މީހެއް ކަމުގައި ލެއްވެވި ގަދަ ފަދަ ކީރިތިވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އެބޭކަލެއްގެ ސުންނަތައް ތަބާވެއްޖެ ކޮންމެ މީހަކީ ބޮޑުވެގެންވާ ކާމިޔާބު ލިބުމަކުން ކާމިޔާބު ލިބިއްޖެ މީހެއްކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވައި، މިއުންމަތައް ކައު ކުރެއްވެވި މާތް ސާހިބާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި، ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބި އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.
ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް، އަޑުއިވެމުން މިދަނީ ދީނީ ގޮތުން ޙައްދަ ފަހަނާޅައި ދާ ވާހަކައެވެ. ފަހެ ޙައްދު ފަހަނާޅައި ދިޔުމަކީ ކޮބައި ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް ޢަމަލު ކޮށް އެއިލާހުގެ ފޮތަށް ޙުކުމް ކުރުން ހެއްޔެވެ؟ އެހެންވެއްޖެ ކަމުގައިވާނަމަ އަވަހަށް ޙައްދު ފަހަނާޅާފައިވާ މީހަކަށް ވާށެވެ.
އިސްލާމިސްޓެކޭ ނުވަތަ ފަންޑަމެންޓަލިސްޓެކޭ ނުވަތަ ވައްހާބީ އެކޭ ނުވަތަ ރެޑިކަލް މުސްލިމެކޭ ނުވަތަ ޓެރަރިސްޓެކޭ މީހުން ކިޔަސް އެންމެ ރަނގަޅެވެ. މުއުމިނުންގެ ޞިފަތައް ބަޔާން ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ، މުއުމިނޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “قَدْ أَفْلَحَ الْمُؤْمِنُونَ” (المؤمنون:1) “ހަމަ ކަށަވަރުން ކާމިޔާބު ލިބޭހުށީ މުއުމިނުންނަށެވެ.” “الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ” (المؤمنون:2) “އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ މީހުންނެވެ.” “وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ” (المؤمنون:3) “އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން ބައެކެވެ.” “وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ” (المؤمنون:4) “އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ.” “وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ” (المؤمنون:5) “އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި އެނޫންވެސް އެހެން ފާޙިޝް ޢަމަލުތަކުން) ރައްކާތެރި ކުރި ބައެކެވެ.” “إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ” (المؤمنون:6) “އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން މެނުވީއެވެ. ފަހެ އެބައިމީހުންނީ (އެކަމުގައި) މަލާމާތް ލިބިގެން ނުވާ މީހުންނެވެ.” “فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ” (المؤمنون:7) “އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ އެބައިމީހުންނަކީ އެއީ ޙައްދު ފަހަނާޅާފައިވާ ބައެކެވެ.” މަތީގައި ބަޔާންވެ އެދިޔަ އާޔަތްތަކުން ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ކޮބައިކަން ނިކަން ރަނގަޅަށް އެނގި ސާބިތު ވެއްޖެއެވެ. އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މުސްލިމުންގެ ނަމުގައި ތިބެ ޤުރުއާނާއި ސުންނަތައް ތަބާވާ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާކަމެވެ. މީސްތަކުންގެ ދޫދޫ މަތިން ގޮސް ނޫސް މަޖައްލާތަކާއި ރޭޑިއޯއާއި ޓީވީއަށް ދާން ދެންވެސް އޮތީ މިކަމެވެ. ޙަޤީޤަތަކީ މިކަމުގައި މަޝްޣޫލުވެ އުޅޭ ގިނަ މީހުންނަކީ މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކުގައިވާ ފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ހެއްދެވިހައި ފާޙިޝް ކަންތައްތަކަށް އަރައިގަންނަމުންދާ ބައެއް ކަމުގައި ވާކަމެވެ. ޚުދު އެމީހުންނަށް، އެމީހުން އެތިބީ ޙައްޤުގައި ނޫންކަން އެނގެއެވެ. ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް އަރައިގަނެ ހަދާ މީހުން މުއުމިނުންނާއި ދިމާލަށް ބުނެ އުޅޭނެކަމަށް މުޠައްފިފީން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ” (المطففين:32) “އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ ބައެކެވެ.”
ދަންނާށެވެ! ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ނަމާދުތައް އަޅައި ރޯދަ ނުހިފައި ޒަކާތް ނުދީ މިދުނިޔެމަތީގައި ހެއްދެވިހައި ނުބައި ނުލަފާ ފާޙިޝް ކަންތައްތަކަށް އަރައިގަނެ ﷲ އާއި އެއިލާހުގެ ރަސޫލާއާއި މުއުމިނުތަކުންނަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖަހާ ހަދާމީހުންނެވެ. ފަހެ އެބައިމީހުންނަށް ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތެވެ. މިބުނަނީކީ އަދި ދީނުގެ ކަންތައްތަކުގައި ހިފައިގެން ހައްދު ފަހަނާޅާފައި ތިބި ބަޔަކު ނެތް ވާހަކައެއްވެސް ނޫނެވެ.
ރަނގަޅެވެ. ދީނުގައި ޝަރުޢު ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އެމީހުންގެ ޚިޔާލާއި ފިކުރާއި ނުގުޅޭ ބަޔަކީ ކާފަރުން ކަމުގައި ހަދާ، މީސްތަކުންގެ ލެޔާއި މުދަލާއި އަނބި ދަރީން ހުއްދަ ކުރާ މީހުންވެސް އެބަ އުޅެއެވެ. އެކަމަކު މީގެ ސަބަބުތަކަށްވެސް ބަލާލަން އެބަޖެހެއެވެ. މިކަންތައް މެދުވެރިވާން މިޖެހުނީ މީސްތަކުން ޤުރުއާނާއި ސުންނަތައް ކުރާ ފުރައްސާރައާއި އިސްލާމީ ގިނަ ޤައުމުތަކުގެ ވެރީންގެވެސް ނުބައި ނުލަފާ ޖައްބާރު ކަމުންނެވެ. އެމީހުންވަނީ އިސްލާމީ ޝަރީޢަތް ދޫކޮށް ކާފަރުންނަށް އަޅުވެތިވެ އެމީހުންގެ ގޮތްތައް ފަތުރާ މުޅި އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލާފައެވެ. އެންމެހައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް މަގުފަހި ކޮށްދީފައެވެ. އަދި ނުވިތާކަށް ދުނިޔޭގެ ޝައިޠާނީ ބާރުތަކުން އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލުމަށް ފަށާފައިވާ ހަނގުރާމާގައި އެބައިމީހުންނާއި އެއްބައިވެ އަތުކުރި އޮޅާލާފައެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކޮންމެއަކަސް ދީނީ ގޮތުން އެމީހުންގެ ބައެއް ފިކުރުތައް ޙައްދު ފަހަނާޅާފައި ވިޔަސް އެމީހުން ނަމާދު ކުރޭތާއެވެ. ނަމާދަކީ އީމާންކަމާއި ކުފުރާއި ދެމެދުގައިވާ ހުރަހެވެ. މުސްލިމުންނާއި ކާފަރުންނާއި ދެމެދުވާ ފަރަޤެވެ. ފަހެ އެނަމާދުތަކަށް ރައްކާތެރި ވެއްޖެ މީހާ ކިތަންމެ ގިނަ ފާފައަކާއިގެން ﷲގެ ޙަޒްރަތަށް ދާން ޖެހުނަސް ފަހަރެއްގައި ﷲ އޭނާގެ ފާފަތައް ފުއްސެވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ނަމާދުތައް ނުކޮށް އުޅުނު މީހަކަށް އެދުވަހުން އެއްވެސް ސަލާމަތްކަމެއް ނެތެވެ. ދަންނާށެވެ. ޙައްޤުގޮތް މިއޮތީ ޤުރުއާނާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާފުކޮށް ފެންނާށެވެ. ބަޔަކު ކިތަންމެ މަލާމާތްކޮށް ފުރައްސާރަ ކުރިޔަސް ޢިއްޒަތްވަނީ އެގޮތުގައި ހިފެހެއްޓި ބަޔަކަށެވެ. ﷲ ތަޢާލާ އަލް-މުނާފިޤޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ” (المنافقون:8) “ދަންނާށެވެ. އެންމެހައި ޢިއްޒަތެއް ވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ އަށާއި އަދި މުއުމިނުތަކުންގެ މައްޗަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ.”